ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 4 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް މީގެކުރިން 5 އަހަރުގެ ދައުރެއްގެ ތެރޭގައި ނުނެރޭވަރަށް ފަތުރުވެރިކަމަށް އެނދުނެރެ ރާއްޖޭގެ ފަތުރުވެރިކަމުގައި ރެކޯޑެއް ގާއިމު ކުރަށްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފާއިތުވީ 4 އަހަރުތެރޭ އަލަށް 33 ރިސޯޓު ވަނީ ހުޅުވާފައެވެ. މިއީ ކޮޓަރީގެ އަދަދުން ބަލާނަމަ 4505 ކޮޓަރިއެވެ. އަދި އެނދުގެ އަދަދުން ބަލާނަމަ 9497 އެނދެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދު ﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަށް ރާއްޖޭގައި ނެރެފައިވާ އެނދުގެ 25 އިންސައްތައަކީ ރައީސް ސާލީހުގެ ވެރިކަމުގައި ނެރެފައިވާ އެނދު ކަމަށެވެ.



ރައީސް ސާލިހުގެ ސަރުކާރުން ފަތުރުވެރިކަމަށް ނެރެފައިވާ ރިސޯޓްތަކާއި، އެނދާއި ކޮޓަރީގެ އަދަދަކީ މީގެކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު މާބޮޑުތަނުން އިތުރު އަދަދެކެވެ. އެގޮތުން މި ސަރުކާރުގެ ވެރިކަމުގައި 9497 އެނދު މިހާތަނަށް މާކެޓަށް ނެރެފައިވާއިރު، މީގެކުރީގެ އެހެން ސަރުކާރުތަކުގެ އަދަދުތަކަށް ބަލާއިރު މާކެޓަށް ނެރެވިފައިވަނީ 2008 - 2012 އަށް 751 އެނދު، 2012 - 2013 އަށް 871 އެނދު އަދި 2013 - 2018 އަށް 7476 އެނދެވެ.



ކިޔުންތެރިންގެ ހިޔާލު