އައިސް ފްލާންޓަކަށް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
މިފްކޯއިން ވަނީ ފެނަކައަށް މިފަހުން 14 އައިސް ޕްލާންޓެއް ހިންގާ ބެލެހެއްޓުމަށް ހަވާލުކޮށްފައެވެ. އެ ޕްލާންޓްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.
މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓުގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކިލަމާފުށި، ގދ. ފިޔޯރީ، ގދ. ފަރެސްމާތޮޑާ، އަދި އައްޑޫސިޓީ ހިތަދޫ އައިސް ޕްލާންޓެވެ.
މި އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީންކުރުމަށްޓަކާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 32 މުވައްޒަފަކު ބައިވެރިވާކަމަށް ފެނަކައިން ބުނެއެވެ.
މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުންކަމަށް ފެނަކައިން ބުނެއެވެ.
ކޮންމެ އައިސް ޕްލާންޓުން މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވޭ މިކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.
އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށްޓަކާ "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް"ގެ ނަމުގައި 7 އޮކްޓޫބަރު 2020 ގައި ފެނަކައިން ވަނީ ޚާއްސަ ޓްރެއިނިންގ އިންސްޓިޓިއުޓެއްވެސް އުފައްދާފައެވެ.

މި ކުންފުނިން ބަލަހައްޓަމުންދާ އައިސް ޕްލާންޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސްއެއް 14 ނޮވެމްބަރ 2022 އިން ވަނީ ފެށިފައި. (1/2) pic.twitter.com/PusGRgXFyp
— Fenaka Corporation Ltd (@TeamFenaka) November 18, 2022
މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުންކަމަށް ފެނަކައިން ބުނެއެވެ.
ކޮންމެ އައިސް ޕްލާންޓުން މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވޭ މިކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.
އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށްޓަކާ "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް"ގެ ނަމުގައި 7 އޮކްޓޫބަރު 2020 ގައި ފެނަކައިން ވަނީ ޚާއްސަ ޓްރެއިނިންގ އިންސްޓިޓިއުޓެއްވެސް އުފައްދާފައެވެ.
ކިޔުންތެރިންގެ ހިޔާލު