ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒަށް ދިން ހަމަލާއާ މިނިސްޓަރ ނަހުލާއާ ގުޅުވައިގެން ވާހަކަ ދައްކަވަނީ އަބުރުކަތިލުމަށްކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ޝިމާޒަށް ބަޔަކު ހަމަލާދީފައިވަނީ އޭނާ އުޅޭ ގެއިން ރޭ 9:30 ހާއިރު، ނުކުމެގެން ސައިކަލަށް އެރި ވަގުތުއެވެ. އޭނާއަށް ދިން ހަމަލާގައި އަނގަމަތި ވަނީ ފަޅާލާފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. އަދި މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް މިކަމުގެ ތެރޭގައި އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއްކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.



ނަހުލާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެކަމަށެވެ.

ޝިމާޒަށް ދިން ހަމަލާ ފުލުހުން މިހާރު ދަނީ ތަހުގީގްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު