އެމްޓީސީސީން ތަރައްގީކުރަމުންދާ 3 އެއަރޕޯޓެއްގެ މަސައްކަތް އަންނަ އޮގަސްޓަމަހަށް ނިންމަން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓިސީސީން މިވަގުތު ދަނީ 4 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ގދ.ފަރެސްމާތޮޑާ، ރ.އަލިފުށި، މ. މުލި އަދި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތެކެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށާއި އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ބޭނުންވާ، މެޝިނަރީއާއި އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް އޮތް 3މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާނެކަމަށެވެ. އަދި ފެބްރުއަރީމަހު އެތަނުން ހިދުމަތް ދޭން މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
"ޖެނުއަރީއާއި ހަމައަށް ޢަމަލީ މަސައްކަތް ނިންމާ، ފެބްރުއަރީއާ ހަމައަށްދާއިރު މުޅިން ހުރިހާ މަސައްކަތްތަކެއް ނިމޭނެ." ޢާޒިމް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ އިތުރުން، ރ.އަލިފުށި، މ. މުލި އަދި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރިއަށް ގެންދަމުންނެވެ.
އާޒިމް ވިދާޅުވީ މި 3 އެއަރޕޯޓުގެވެސް ބިން ހިއްކުމުގެ މަސައްކަތް މިވަގުތު ދަނީ ކުރިއަށްކަމަށެވެ.
"އެމްޓިސީސީން އަމާޒުކުރަނީ އަންނަ އަހަރުގެ އޮގަސްޓްމަހާ ހަމައަށް، މި ހުރިހާ އެއަރޕޯޓެއްގެ މަސައްކަތް ނިންމުމަށް." އާޒިމް ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ މި އެއަރޕޯޓްތަކަކީ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތައް ނިމުމުން އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް އެރަށްރަށާއި، އެ ސަރަހައްދަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު