ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ތަރައްގީ ގެނައުމުގައި މިސާލު ދައްކަވާފައިކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރަށްވަމުން އިކްރާމް ވިދާޅުވީ ރައީސް ޞާލިހު މީގެ ހަތަރު އަހަރު ކުރިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ހިތްނުތަނަވަސްކަމާއި ބިރުވެރިކަން ނައްތާލާފައިވާކަމަށެވެ. އަދި ތަރައްގީ ގެނައުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިސާލު ދައްކުވައިދީފައި ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.



އިކްރާމް ވިދާޅުވީ އަސާސީ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިޔުމަށް މި ސަރުކާރާ ވާދަކުރެވޭނެ އެހެން އެއްވެސް ސަރުކާރެއް ނެތްކަމަށެވެ. އަދި މިއީ ޖީލުތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލުތަކެއް އެ މަޝްރޫއުތަކެއްގެ ސަބަބުން އަންނާނެ މަޝްރޫއުތަކެއް ހިންގަމުންދާ ސަރުކާރެއްކަންވެސް އިކްރާމް ވަނީ ފާހަގަކުރައްވާފައެވެ.

އިކްރާމް ވިދާޅުވީ ރައީސް ސާލިހުގެ ނިމިދިޔަ 4 އަހަރަކީ ރާއްޖޭގެ ރައްޔިތުން މިހާތަނަށް ދުއް އެންމެ ކާމިޔާބު 4 އަހަރުކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު