މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ޓެކްސް ބޮޑުކުރަން އެއްބަސްވެ ވަޑައިގެންނެވީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ހިދުމަތްތައް މެދުނުކެނޑި ދެވޭނެ ގޮތް ފަހިކުރުމަށްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް މަޖިލީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައެވެ. މިކަމާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ހިމެނެއެވެ.
ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ޓެކްސް ބޮޑުކުރަން އޭނާ އެއްބަސްވެ ވަޑައިގެންނެވީ ގައުމުގެ އިގްތިސާދު އަނދަ ވަޅަކަށް ވެއްޓުނަ ނުދީ ހިފެހެއްޓުމާއެކު ރައްޔިތުންނަށް ސަރުކާރުން ފޯރްކޮށްދޭން ޖެހޭ ޚިދުމަތް މެދު ނުކެޑި ދެވޭނެ ގޮތް ފަހި ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީކަމަށެވެ.
ޝަރީފް ވިދާޅުވީ ދައުލަޠުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް އަދި ނޮން ޓެކްސް އާމްދަނީ އިތުރު ކުރުންކަމަށް ތަޖުރިބާކާރުން އެއްބަސްވާކަމަށެވެ. އަދި މުޅި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައިވާ ދަޑިވަޅެއްގައި ގައުމުގެ އިގްތިސާދު ހުއްޓުނަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ ޚަރަދު ކުރުމަށް ޓެކްސް ބޮޑުކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން ބުނާގޮތުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީއަށް 3 ބިލިއަނެއްހާ ރުފިޔާ އިތުރުވެގެންދާނެއެވެ.

Alhugandu GST adhi TGST bodu kuran ebbasvee gaumuge igthisaadhu adha valhakah vettiya nudhee hifehettumaai eku rayyithunnah sarukaarun foarkohdheyn jehey khidhumaiy medhu nukedi dheveyne goi fahi kurumah mi hindhu kuran jehey muhimmu kamakah vaathee.
— Ibrahim Shareef (@AdduShareef) November 18, 2022
ޝަރީފް ވިދާޅުވީ ދައުލަޠުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް އަދި ނޮން ޓެކްސް އާމްދަނީ އިތުރު ކުރުންކަމަށް ތަޖުރިބާކާރުން އެއްބަސްވާކަމަށެވެ. އަދި މުޅި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައިވާ ދަޑިވަޅެއްގައި ގައުމުގެ އިގްތިސާދު ހުއްޓުނަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ ޚަރަދު ކުރުމަށް ޓެކްސް ބޮޑުކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
Dhaulath ge kharadhu hama jassan emme ragalhu gothakee tax adhi non tax revenue ithuru kurun kamah thabribaa kaarun ebbasvey. Mulhi dhuniyeyge igthisaadhu indhajehifa vaa dhadivalhegga gaumuge igthisaadhu huttiya nudhee hifehettumah beynunvaa kharadhu kurumah TGST bodukuree
— Ibrahim Shareef (@AdduShareef) November 18, 2022
ސަރުކާރުން ބުނާގޮތުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީއަށް 3 ބިލިއަނެއްހާ ރުފިޔާ އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު