މިދިޔަ 4 އަހަރުގެ ތެރޭގައި ގާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކަސްޓަމުން ހިފަހައްޓާފައިވާކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
ޤާނޫނު ބުނާގޮތުން 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކުރާނަމަ ކަސްޓަމުށް ޑިކްލެއަރކުރަން ޖެހެއެވެ.
ރާއްޖޭގެ ކަސްޓަމުން އާއްމު ކުރި މިދިޔަ 4 އަހަރުގެ ތަފާސް ހިސާބުތަައް ދައްކާގޮތުން ޑިކްލެެއަރނުކޮށް ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކުރަން އުޅުނު ފައިސާގެ ތެރޭގައި 2019 ވަނަ އަހަރު 3،411،129 ރުފިޔާ އަދި 2021 ވަނަ އަހަރު 1،148،278 ރުފިޔާ ކަސްޓަމުން ހިފަހައްޓާފައިވެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު 5،415 ޔޫރޯ އަދި 179،287 ޔޫސްއެސް ޑޮލަރު ހިފަހައްޓާފައިވެއެވެ. އަދި 2020 ވަނަ އަހަރު 139،700 ޑޮލަރު ވަނީ ހިފަހައްޓާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ކަސްޓަމުން ޑިކްލެެއަރނުކޮށް ރާއްޖެއަށް ފައިސާ އެތެރެ ނުވަތަ ބޭރުކުރަން އުޅެނިކޮށް 9 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހިފަހައްޓާ، ޖުމްލަ 9 މައްސަލައެއް ތަހްޤީގްކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 2019 ވަނަ އަހަރު 6 މައްސަލައެއް، 2020 ވަނަ އަހަރު 2 މައްސަލައެއް އަދި މިދިޔަ އަހަރު 1 މައްސަލައެވެ.
ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ކަސްޓަމުން ޑިކްލެއަރ ނުކޮށް ފައިސާ ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ޖުމުލަ 8 މީހަކު ހިފެހެއްޓިއިރު، އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ.

ސަރުކާރަށް 4 އަހަރު؛ 2019 އިން ފެށިގެން 2022 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަސްޓަމްސްއަށް ޑިކްލެެއަރނުކޮށް ރާއްޖެއަށް ފައިސާ އެތެރެ/ބޭރުކުރަން އުޅެނިކޮށް 9 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހިފަހައްޓާ، ޖުމްލަ 9 މައްސަލައެއް ތަހްޤީގްކޮށްފައިވޭ.@AbdullaSh4reef@MariyaDidi pic.twitter.com/300kJUZJYH
— Maldives Customs (@CustomsMv) November 17, 2022
މީގެ އިތުރުން 2019 ވަނަ އަހަރު 5،415 ޔޫރޯ އަދި 179،287 ޔޫސްއެސް ޑޮލަރު ހިފަހައްޓާފައިވެއެވެ. އަދި 2020 ވަނަ އަހަރު 139،700 ޑޮލަރު ވަނީ ހިފަހައްޓާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ކަސްޓަމުން ޑިކްލެެއަރނުކޮށް ރާއްޖެއަށް ފައިސާ އެތެރެ ނުވަތަ ބޭރުކުރަން އުޅެނިކޮށް 9 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހިފަހައްޓާ، ޖުމްލަ 9 މައްސަލައެއް ތަހްޤީގްކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 2019 ވަނަ އަހަރު 6 މައްސަލައެއް، 2020 ވަނަ އަހަރު 2 މައްސަލައެއް އަދި މިދިޔަ އަހަރު 1 މައްސަލައެވެ.
ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ކަސްޓަމުން ޑިކްލެއަރ ނުކޮށް ފައިސާ ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ޖުމުލަ 8 މީހަކު ހިފެހެއްޓިއިރު، އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ.
ކިޔުންތެރިންގެ ހިޔާލު