މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގައި 200 މިލިއަނެއްހާ ޑޮލަރު ހިފެހެއްޓިފައި ހުންނާނެކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ރަށްރަށުގެ އެތައް ބައިވަރު ބަނދަރުތައް ހަދަނީ ބޭރުގެ ކުންފުނިތަކުން ކަމަށެވެ. އެގޮތުން ލަންކާއާއި ޔޫރަޕުގެ ކުންފުނިތަކުން ބަނދަރުތައް ހަދަމުން ދިޔަނަމަވެސް، މިހާރު ހަދާ ބަނދަރުތަކުގެ 99 އިންސައްތަ ބަނދަރު ހަދަނީ އެމްޓީސީސީން ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުންފުނި އެވަރަށް ފުޅާވެގެން ދިޔުމާއިއެކު ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ސަބަބުން ގާތްގަނޑަކަށް 200 މިލިއަނެއްހާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.
"އެއަރޕޯޓުތައް ހަދާއިރު އަޅުގަނޑުމެން މިހާރު ހުރިހާ އެއަރޕޯޓެއް މި ހަދަނީ. އެހެންވީމަ އެ ފައިސާގެ ހަމަ ބޮޑު ކޮމްޕޯނެންޓަކީ ދިވެހިރާއްޖޭގައި ހިފެހެއްޓިފައި ހުންނަ ފައިސާ. އެހެންނޫންނަމަ، ކުރީގައި ވެއްޖެއްޔާމު ކޮންމެވެސް ބޭރު ބަޔަކަށް ދޭން މަސައްކަތްވެސް ކުރާނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެމްޓީސީސީއަށް ގެނެވުނު ބޮޑެތި ކުރިއެރުންތަކުގެ ފައިދާ މުޅި ރާއްޖެއަށް އެތައް ގޮތަކުން ލިބެމުން ދާނެކަމަށެވެ. އަދި މިހާރުވެސް 100 އަށްވުރެ ގިނަ ޕްރޮޖެކްޓް އެމްޓީސީއިން އެބަ ހިންގާ ކަމަށާއި މިހާރު އެމްޓީސީސީއަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަރަށް ކާމިޔާބު ކަމާއެކު ހިންގަމުންގެންދާ ސަރުކާރުގެ ކުންފުންޏެކެވެ. ރައީސް ސޯލިހް ވަނީ އެއްފަހަރަށްވުރެ ގިނަފަހަރު އެކަން ފާހަގަ ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު