މި ހިނގާ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރަކީ އެސްޓީއޯގެ 57 އަހަރުވީ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ހޯދުނު ހަތަރު އަހަރުކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއްވީ ހަތަރު އަހަރު ކަމަށާއި އެކަން ހާސިލުކުރެވުނީ މައިގަނޑު ދެ ކަމެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން، ފުރަތަމަ ކަމަކީ ކުންފުނީގެ ހިންގުމުގެ ހަރަދުތައް އެކި ގޮތްގޮތުން ވަރަށް ބޮޑަށް ކުޑަކުރެވުން ކަމަށާއި ދެވަނަ ކަމަކީ މިކަމަށްޓަކައި މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތް ކަމަށް އަމްރު ވިދާޅުވިއެވެ. ހާއްސަ ގޮތެއްގައި ކޮވިޑުގެ ހާލަތްފަދަ ހާލަތްތަކުގައި ވެސް ކުންފުނީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވަނީ އެފަހަރަކު މަސައްކަތް ކުރަންޖެހުނު ގޮތަކަށް ހިތްވަރާއެކުކަން ފާހަގަ ކުރެއްވިއެވެ.
އަމްރު ވިދާޅުވީ، މި އަހަރާއި މި ފެށޭ އަހަރަކީ ވެސް އެސްޓީއޯއަށް ރަނގަޅު މާލީ އަހަރަކަށް ވެގެން ދާނެކަމަށެވެ.
އަމްރު ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކުންފުނީގައި ތިބި 2200 އެއްހާ މުވައްޒަފުންކަމަށެވެ. އެގޮތުން، އެ މުވައްޒަފުންނަކީ އާދަޔާ ހިލާފު މުވައްޒަފުންތަކެއް ކަމަށާއި އެ މުވައްޒަފުންނާއިއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވެސް ވިދާޅުވިއެވެ.
އެސްޓީއޯއިން މިއަހަރުގެ ޖުލައި މަސްތެރޭ އާންމުކުރި މާލީ ހިސާބުތަކަށް ބަލާއިރު، ދެ ވަނަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ ކުރީގެ ކުއާޓާއާއި އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް އެކުންފުނިން އޭރުވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު