ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ 95 އިންސައްތަ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ހަފްތާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުން މިހާރު ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެތެރޭގައި ހިމެނިގެން މިއަދު ބޭއްވި ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ މަސައްކަތްތަކުގެ 95 އިންސައްތަ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދާކަމަށާއި އޭގެ ތެރެއިން ގިނަ ކަންކަން މިހާރުވަނީ ނިމިފައިކަމަށެވެ.
އަދި މިދައުރުގައި ބާކީ އޮތް އަހަރު ދުވަހުގެ ތެރޭގައި، ނުފެށިހުރި މަސައްކަތްތައްފަށައި، އަދި ފަށާފައި ނުނިމި ހުރި މަސައްކަތައްވެސް ނިންމާލެވޭނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ވެރިކަމުގެ މި ދައުރުގައި މިހާތަނަށްވެސް ކުރެވުނު މަސައްކަތްތަކުގެ އަދަދު މަދު ނޫންކަމަށާއި އެގޮތުން، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އިނާޔަތް ދިނުމުގެ ގަވާއިދު އިސްލާހުކޮށް މަހެއްގެ މައްޗަށް އާއިލާއަކަށް ދެވޭނެ އަދަދު ދިހަހާސް ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށާއި، ވިހެއުމުން މައިންނަށްދޭ މެޓާނިޓީ ލީވް ހަމަސްދުވަހަށް އިތުރުކޮށް، ބަފައިންނަށް ދޭ ޕެޓާނިޓީ ލީވް އެއްމަހަށް އިތުރު ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް މިހާރު ކުރިއަށް އެބަދާކަމަށާއި، ގެދޮރުވެރިޔާ ލޯނު ތައާރަފުކޮށް ގިނަ ބަޔަކަށް ލޯނު ދޫކުރެވިފައިވާ ކަމަށާއި އަދި މާލޭގެ ރަށްވެހިންނަށް ފަސްހާސް ގޯތި ދިނުމުގެ މަޝްރޫއު ފެށިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
މިއުވާން ވިދާޅުވީ، ދައުރުގެ މިހާތަނަށް ގާތްގަނޑަކަށް 18000 އެއްހާ ވަޒީފާ އުފައްދައިދެވިފައިވާކަމަށާއި މީގެ އިތުރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައް ވެސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިސްކިތްތައް އަޕްގްރޭޑް ކުރުމާއި އާ މިސްކިތްތައް އެޅުމާއި، ދީނީ ނަސޭހަތް ދިނުމުގެ ކަންކަން ވެސް މެދުނުކެނޑި ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު