ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރަކީ ރާއްޖެދުށް އެންމެ އަމާން ހަތަރު އަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ވަރަށް ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ ސަރުކާރުގެ މި ދައުރުގައި ހާސިލުކުރެވުނު ކަންކަމާއި ކާމިޔާބުތަކާއި ގުޅޭގޮތުން ހިޔާލު ފާޅުކުރައްވަމުންނެވެ.

އެގޮތުން ރާއީ މިއަދު ވިދާޅުވީ، ނިމިދިޔަ ހަތަރު އަހަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ އަމާން ދުވަސްތައް ކަމަށެވެ. އަދި މިއީ ފަރަގު ކުރުމެއްނެތި ރާއްޖޭގައި ތަރައްގީގެ އެންމެ ގިނަ މަސައްކަތްތައް ކުރެވުނު 4 އަހަރު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސަރުކާރަށާއި ރައީސް ޞާލިޙަށް މަރުހަބާއާއިއެކު ޝުކުރު ދަންނަވާކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.

ރާއީގެ އިތުރުންވެސް ގިނަބަޔަކު ދަނީ ރައީސްގެ މަސައްކަތްޕުޅަށް ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަަށް އަސާސީ ހިދުމަތްތައް ޔަގީން ކޮށްދެއްވުމަށް އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންމެވެ.



ކިޔުންތެރިންގެ ހިޔާލު