4 އަހަރު ތެރޭގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒައާމަަތަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.



ޝާހިދު ވިދާޅުވީ ގައުމުގެ އިސް ޑިޕްލޮމޭޓްގެ ހައިސިއްޔަތުން ރައީސް ސާލިހު އިރުޝާދުގެ ދަށުން ހާރިޖިއްޔާ ހަރުދަނާ ކުރައްވަން ގިނަ މަސައްކަތްކެއް ކުރެވިފައިވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ކާމިޔާބީތަކެެއް ރައީސް ސާލިހު ޒައާމަތުގައި ހާސިލްކޮށްފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެެވެ.

ޝާހިދު ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތްތަނުގައިވެސް އިންސާނީ ހައްގުތަކާއި، ކްލައިމެޓް ޑިޕްލޮމަސީ އަދި ޑިމޮކްރަސީ ކުރިއެރުވުމުގެ މައްޗަށް ބިނާވެފައިވާ ހާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.



ހާރިޖީ ދާއިރާއިން ކާމިޔާބީތަކެއް ރާއްޖެއިން ހާސިލްކޮށްފައިވާއިރު އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ވަނީ ރާއްޖެއަށް މިދިޔަ އަހަރު ލިބިފައެވެ. އަދި އދގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ގޮނޑިއަކަށްވެސް ރާއްޖެ ވަނީ މިއަހަރު އިންތިހާބުވެފައެވެ. އަދި ގިނަ ގައުމުތަކާއެކު ސިޔާސީ ގުޅުންވެސް ވަނީ ގާއިމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު