ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހަކު ފުރަތަމަ ފަހަރަށް ކަނޑުއުޅަނދެއްގެ ކައްޕީގެ ގޮތުގައި ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ، މި ތާރީހީ ހިދުމަތާއި ގުޅިފައިވަނީ، ފުލުހުންގެ ކަސްޓޯޑިއަލުން 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ ހިދުމަތާ ގުޅުނު، ސަންފާ އިބްރާހިމް ދީދީކަމަށެވެ.
އޭނާ ވެފައިވަނީ، ފުލުހުންގެ ހިދުމަތުގެ 89 އަހަރުވީ ދިގުމާޒީގައި ފުރަތަމަ އަންހެން މާލިމީ ނުވަތަ ފުރަތަމަ އަންހެން ކައްޕިއަށެވެ. މިހާރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހިމް ދީދީވަނީ އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، މިއަދު ފުރަތަމަ ދަތުރު ކޮށްފައެވެ.
މި ޝަރަފު ލިބުމާއި ގުޅިގެން އޭނާ ބުނީ ކަނޑުމަތީގައި މަސައްކަތް ކުރުމަކީ ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއްކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އުފަލާއެކުގައި ކަމަށާއި ނުކުރެވިދާނެ ކަމުގެ ބިރަށް، ބީރު ކަންފަތެއްދީ ގަދަ ކަނޑަށް ނުކުތުމަށް ހަދަންޖެހޭ ހުރިހާ ތަމްރީނެއް ފުރިހަމަކުރީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި ކަމަށެވެ.
އޭނާ ބުނީ، ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނު ފުރަތަމަ އަންހެން ފުލުހަށް ވެގެންދިއުމަކީ ފުލުހުންގެ ހިދުމަތުގައި މިހާތަނަށް އޭނާއަށް ލިބިގެންދިޔަ އެންމެ ބޮޑުޝަރަފުގެ އިތުރުން އެންމެ ފަހުރުވެރި ކާމިޔާބީ ކަމަށެވެ.
ސަންފާ އިބްރާހިމް ދީދީ ފުލުހުންގެ ހިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. ފުލުހުންގެ ހިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައެވެ. މާލޭ ކަސްޓޯޑިއަލް، ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު