ޤައުމުގައި ސުލްހައާއި ހަމަޖެހުން ދެމިއޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ހިކުމަތާއި ދުރު ވިސްނުންފުޅާއެކުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ޒައާމަތަށް 4 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާއިއެކުވެސް ދިވެހިރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުނީ އަދި ޤައުމުގައި ހަމަޖެހުމާއި ޞުލުހަ ދެމިއޮތީ ރައީސް ޞާލިޙުގެ ހިކުމަތާއި ދުރު ވިސްނުންފުޅާއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
އަމީރު ވިދާޅުވީ ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ޞާލިޙް ވަނީ ކަށަވަރުކޮށްދެއްވާފައި ކަމަށެވެ. އަދި އެންމެންނާއެކު ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރަކީ ރައީސް ސާލިހުކަމަށާއި، ދެންވެސް ރައްޔިތުން ތިބޭނީ ރައީސް ސާލިހާއެކު ކަމުގައި އަމީރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާއިއެކުވެސް ދިވެހިރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުނީ، ޤައުމުގައި ހަމަޖެހުމާއި ޞުލުހަ ދެމިއޮތީ ރައީސް ޞާލިޙް ހިކުމަތާއި ދުރު ވިސްނުންފުޅާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން.
— Ibrahim Ameer (@iameeru) November 17, 2022
އަމީރު ވިދާޅުވީ ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ޞާލިޙް ވަނީ ކަށަވަރުކޮށްދެއްވާފައި ކަމަށެވެ. އަދި އެންމެންނާއެކު ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރަކީ ރައީސް ސާލިހުކަމަށާއި، ދެންވެސް ރައްޔިތުން ތިބޭނީ ރައީސް ސާލިހާއެކު ކަމުގައި އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު