ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ފަށާފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މީޓަރު ޓެސްޓުކުރުމުގެ މަސައްކަތް ފެނަކައިން ފެށުމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.



ސަޢީދު ވިދާޅުވީ މިޚިދުމަތް ފެނަކައިން ފެށުމަކީ މުޅި ރާއްޖޭގެ ޙަކަތައިގެ ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށާއި މީގެކުރިން މީޓަރ ޓެސްޓުކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނުނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެވިއްޖެކަމަށެވެ.

"މިޚިދުމަތް މައި އޮފީހުގައި ފެށުނުނަމަވެސް މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް މިދަނީ ކުރަމުން." ސައީދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ތަޢާރަފްކުރި މީޓަރ ޓެސްޓްކުރުމުގެ ޚިދުމަތާއެކު ގަޑިއަކު 75 މީޓަރު އެއްފަހަރާ ޓެސްޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް މީޓަރ ޓެސްޓުކުރުމަށް ޤާއިމުކުރެވުނު އެންމެ ޒަމާނީ ވަޞީލަތްކަމަށް ފެނަކައިން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު