ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ހެނދުނު ބާއްވަން ތާވަލުކުރި އަޑުއެހުން މެންދުރު 1:00އަށް ފަސްކޮށްފިއެވެ.
މިއަދު ތާވަލުކުރި އަޑުއެހުމުގައި އޮތީ ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ އާރަށު މައްސަލާގެ ދައުވާގެ ހެކިބަސް ބަލައިިގަތުމާމެދު ގޮތެއް ނިންމުމެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމް ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިއަދު 9:30 އަށް ތާވަލުކޮށްފައި އޮތީ، ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ހެކިބަސް ނެގުން ވަކިވަކިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ދައުލަތާއި، ދައުވާ ލިބޭ ފަރާތުންވެސް ވަނީ މިއަޑުއެހުމަކީ އެއް މައްސަލައެއްގައި އެއްވާހަކަތަކެއް އެކުލެވޭ މައްސަލައަކަށް ވުމުން ދައުވާ ރައްދުވާ ދެބޭފުޅުންގެ ޝަރީއަތްވެސް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް އަޑުއެހުން ފަސް ކުރުމަށް އެދިވަޑައިގެންފައެވެ.
މައްސަލަ ބައްލަވާ ޤާޞީ ވަނީ މިމައްސަލާގައި ޝާމިލްވާ ދެބޭފުޅުންގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަށް މިއަދު 1:00 ޖަހާއިރަށް ތާވަލުކޮށްފައެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި ހެކި ބަސް ނަގާ ވަނީ ނިންމާލާފައެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު