ހުޅުމާލޭ ރެއިންބޯ އެލުމެނިއަމް ކުރިމަތީގައި އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 8:56 ހާއިރު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސްފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނެއެވެ. އަދި، ކާރުގައި ރޯވެފައި ހުރި އަލިފާން ނިއްވާލުމަށް މަސައްކަތް ފަށައި، ރޯވި އަލިފާން ފަޔަރމަނުންނަށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 9:11 ހާއިރުކަމަށްވެސް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު