ރިޔާސީއިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ގިނިކަންޏާ ނުކުމެވަޑައިގެން ވެސް 8 ޕަސެންޓް ވޯޓް ހޯއްދަވައި ދެއްވާނެ ކަމަށް ސްޓެލްކޯގެ ޗެއާމަން އަދި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދުދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިބްރާހީމް މުހައްމަދުދީދީ މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިޙަށް ލިބިވަޑަައިގަންނަވާނީ 8 ޕަސެންޓް ވޯޓް ކަމަށް ކުރީގެ މެމްބަރުކަމާއި މާލޭސިޓީކައުންސިލްގެ މެމްބަރުކަން ކުރެއްވި އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އިބްރާހީމް މުހައްމަދުދީދީ ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ގިނިކަންޏާ ނުކުމެވަޑައިގެން ވެސް އަށް ޕަސެންޓް ވޯޓް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އިބްރާހިމް ދީދީ ވިދާޅުވީ އޭނާ ފަދަ އެތައް ބަޔަކު ރިޔާސީ އިންތިހާބުގައި ރައީސަށް ތާއިދުކުރަން ނުކުންނާނެ ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި އަދި ސަރަހައްދުގެ އިސްތިރާޖީ މަސްރަހަށް ވިސްނާއިރު، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ރައްޔިތުން ދިނުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް." މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ސްޓެލްކޯގެ ޗެއާމަން ކަމަށް ހަމަޖެއްސީ މި އަހަރުގެ ތެރޭގައެެެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އިލެކްޝަން ކޮމިޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސަށް ތާއީދުކުރައްވާކަން ހާމަކުރަށްވާފައެވެެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހް ވަނީ އިއުލާން ކުރަށްވާފައެވެ. އެމްޑީޕީން ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނީ އެޕާޓީން ބާއްްވާ ރިޔާސީ ޕްރައިމަރީއަކަށް ފަހު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރިޚެއް އަދި ހާމައެއް ނުކުރެއެވެ.

Alhugandu ekani nikume ves RJ @ibusolih ah 8% hoadha dheynan Inshaa Allah. Alhugandu fadha ethah bayaku e Manikfaan arihu ga nukunnaane IA …….
— Ibrahim M Didi (@ibrahimmdidi) November 16, 2022
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި އަދި ސަރަހައްދުގެ އިސްތިރާޖީ މަސްރަހަށް ވިސްނާއިރު، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ރައްޔިތުން ދިނުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް." މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ސްޓެލްކޯގެ ޗެއާމަން ކަމަށް ހަމަޖެއްސީ މި އަހަރުގެ ތެރޭގައެެެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އިލެކްޝަން ކޮމިޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސަށް ތާއީދުކުރައްވާކަން ހާމަކުރަށްވާފައެވެެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހް ވަނީ އިއުލާން ކުރަށްވާފައެވެ. އެމްޑީޕީން ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނީ އެޕާޓީން ބާއްްވާ ރިޔާސީ ޕްރައިމަރީއަކަށް ފަހު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރިޚެއް އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު