ޕެންޝަން ފައިސާގެ ގޮތުގައި މަހަކު 122 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާވަމުން އަންނަކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ފައިނޭންސް ފޯރަމް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ ކޯވިޑްގެ ކުރިއާ އަޅާބަލާއިރު ޕެންޝަން ފަންޑު ކުރިއަރަމުން އަންނަނީ ރަނގަޅު ދުވެއްޔެއްގައިކަމަށެވެ. އެގޮތުން ކޮވިޑުގެ ކުރިން އޮތް ޕެންޝަން ފަންޑު އޮތް ހާލަތަށް އެ ފަންޑު މިހާރު އައިސްފައިވާކަމަށް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ ޕެންޝަން ފައިސާގެ ގޮތުގައި މިހާރު މަހަކު ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ލިބެމުން އަންނަކަމަށެވެ. އަދި ނިމިގެން ދިޔަ އަހަރު އެވްރެޖްކޮށްމަހު ލިބިފައި ވަނީ 105 މިލިއަން ރުފިޔާކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ. އަދި ޕެންޝަން ފަންޑު އަހަރަކު ގާތްގަނޑަކަށް 13 ޕަސެންޓްގައި ކުރިއަރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސުޖާތާ ވިދާޅުވީ މިހާރު އެ ފަންޑުގެ ސައިޒު 15 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އަދި އެކްރޫޑް ރައިޓްސްއާއެކު ފަންޑު ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.



ތަފާސް ހިސާބުތަކަށް ބައްލަވާލައްވަމުން ސުޖާތާ ވިދާޅުވީ ވަޒީފާ ދޭ 2000 އެއްހާ ފަރާތަކުން 116000 އަށްވުރެ ގިނަ މުވައްޒަފުން ފަންޑުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަމުންދާކަމަށެވެ.

މިއަހަރުގެ ފިނޭންސް ފޯރަމްގެ ޝިޢާރަކީ "ފައިނޭންޝިއަލް އިންފްރާސްޓްރަކްޗަރ ޑިވެލޕްމެންޓް" އެވެ. މި ޝިޢާރުގެ ދަށުން، ޕެންޝަން އޮފީހުގެ އިސް ފަރާތަތަކާއި، މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އެހެނިހެން އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު