ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ޖޫރިމަނާ ދައްކަން އެފްކޮންސަށް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ބުނެފި އެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާ އިން ކަމަށެވެ. އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 13 ގައި އެކުންފުންޏަށް އަންގާފައިވާ ކަމަށް އެބަޔާނުގައި ބުނެފަައިވެއެވެ.
އެފްކޮންސް ޖޫރިމަނާކުރީ ޕްލެޓްފޯމެއް ފަރަށް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ސާވޭއެއް ވެސް އީޕީއޭ އިން ހެދުމަށް ފަހު ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ފަރުގެ 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
ބްރިޖް ހަދާ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު