އާބާދީގެ ނިސްބަތުން ދުނިޔޭގެ ނިސްބަތުން ހަތަރު ވަނައަށް ބަންދު މީހުން އެންމެ ގިނަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު މުޅި ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ގިނަ ބަންދު މީހުން ތިބީ ދިވެހިރާއްޖޭގައި ކަމަށެވެ.
އިމްރާން ވިދާޅުވީ ބަންދު މީހުންގެ މައްސަލަ ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަ އާއި ކަމަށެވެ. އެގޮތުން ކުށްކުރާ މީހުންގެ ތެރެއިން ޖަލުގައި ބަންދު ކުރެވޭ 65 އާއި 70 އިންސައްތަ މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅިފައި ހުންނަ މައްސަލަތައް ކަމަށް އިމްރާން ވިދާޅުވިއެވެ. މަސްތުވާތަކެއްޗަށް ވަންނަ ފަރާތްތަކުން އަލުން އަބުރާ މުޖުތަމައަށް ގެންނަން ދިގު މުއްދަތެއް ނަގާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މިހާރު ވެސް ހަމަ ވަށާޖެހޭގޮތެއްގައި 1500 އާއި 1700 އާއި ބައެެއް ފަހަރަށް 2000 އާއި ދޭތެރޭ ކުށްވެރިން ޖަލުގެ ތެރޭގައި އެބަ ދައުރުކުރަމުންދޭ، މިއަދަދު މިހާރު އަޅުގަނޑުމެން މި ގެންގުޅޭ ސިސްޓަމްގެ ތެރޭގައި ރިހިބެލިޓޭޓް ކޮށް ރީ އިންޓަގްރޭޓް ކުރުމަށް އަސްލު ފުރުސަތެެއް ނުދޭ،" އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ މީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ޕްރިޒަނެއް ގާއިމްކޮށް ހުކުމުގެ މުއްދަތުގައި ބަންދުގައި ނުބައިތިއްބައި ވަކި ސަރަހައްދަކަށް ދޫކޮށްލައިގެން އެމީހުންނަށް މަސައްކަތް ކުރެވޭނެ ފުރުސަތު ދީގެން އާމްދަނީ ލިބޭނެ ގޮތް ހޯދައިދީގެން ހުނަރު ތަރައްގީކުރަން ރާވާފައިވާ ކަމަަށް އިމްރާން ވިދާޅުވިއެވެ.
"އެގޮތަށް ހުކުމް ތަންފީޒުކޮށް ނިންމާފައި ނިކުންނަ ބަޔަކަށް ވެއްޖެއްޔާ އެއީ މި ދެންނެވި އަދަދަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމެއް، ސަރުކާރު ފެށުނީއްސުރެ ކޮންސެޕްޓް ޑިވޮލްޕް ކޮށްފައިވާނީ އޭގެ ޑިޒައިން ހަދާފައި ވާނީ، އެހެން ނަމަވެސް ބޭނުންވާ މިންވަރާއި ކައިރިއަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން މިއުޅެނީ. އެކަން ކުރެވިއްޖެއްޔާ 500، 600 އާއި ދެމެދުގެ އަދަދެއްގެ ގައިދީން އެތަނުގައި ބައިތިއްބައިގެން އެމީހުންގެ ލައިފް ސްކިލް އާއި ރިހިބެލިޓޭޝަން ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެ،" އިމްރާން ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު