ރައީސް އިބްރާހިމް މުހައްމަދު ސާލީހު ވެރިކަމުގައި އެންމެ މިސްކިތަކުންވެސް ކަރަންޓް ކެނޑިޔަކަ ނުދޭނެކަމަށް ސްޓެލްކޯގެ ޗެއާމަން އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ޗެއާމަން މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މާލެ ސިޓީގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލަށް ދިންކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ ޗެއަރމަން އިބްރާހިމް ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމެއްގައި، ސްޓެލްކޯގެ ޗެއަރމަނަކަށް ދީދީ ހުންނަވަނިކޮށް މާލޭގެ އެންމެ މިސްކިތަކުންވެސް ކަރަންޓް ކެނޑިޔަކަ ނުދޭނެކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އަޅުގަނޑު ޗެއާމަނަކަށް ހުރެ މާލެ މިސްކިތްތަކުން ކީއްކުރަންތޯ. އެންމެ މިސްކިތަކުންވެސް ކަރަންޓް ކެނޑިޔަކަ ނުދޭނަން. އެކަމަކު ބިލް ނުދައްކަވާނަމަ މެނޭޖްމަންޓުން އެކަމާއި އުޅުއްވާނެ." ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ ބައެއް ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ނަފްރަޠު އުފެދޭ ގޮތަށް ހަބަރު ފެތުރުމަކީ ދެރަކަމެއް ކަމަށެވެ.
"މި އިސްލާމީ މުޖްތަމައުގައި އެއްވެސް ސަރުކާރަކުން މިސްކިތަކުން ކަރަންޓް ނުކަނޑާނެ! އެކަމަކު ހަމަޖެހިފައިވާ އުސޫލުން ބިލު ދައްކަން ހަަމަޖައްސާފައިވާ މުއައްސަސާއިން ބިލު ދައްކަންވެސް ޖެހޭނެ." ޑީޑީ ވިދާޅުވިއެވެ.
ސްޓެލްކޯއަށް ދައްކަންޖެހޭ ބިލުތައް ބައެއް ފަރާތްތަކުން ނުދައްކާތީ ސްޓެލްކޯއިން ވަނީ އެކަމުގެ ކަންބޮޑުވުން މީގެކުރިންވެސް ފާޅުކޮށްފައެވެ. އަދި ބިލު ނުދައްކާނަމަ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ އަރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު