ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގައި އުޅޭ 25 އިންސައްތަ މީހުންނަކީ މާލެ މީހުން ނޫންކަމާއި އެތަނުން 900 ފްލެޓް ކުއްޔަށް ދީފައިވާކަން ހާމަވެފައިވާ ކަމަށް ހައުސިންގ މިނިސްްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ދިން ހިޔާ ފްލެޓްގެ ބައެއް ކެޓަގަރީތަކުން 18 އަހަރާއި 40 އަހަރުގެ ދިވެއްސަކަށްވީމަ ޝަރުތު ހަމަވެގެން ފްލެޓް ލިބޭކަމަށެވެ. އަދި އެ މީހަކު އުޅެނީ މާލޭގައިތޯ ބަލާކަށްވެސް ނުޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެހެންވީމަ ކޮންމެ ރަށެއްގެ މީހަކަށްވެސް ލިބިދާނެ. ބައެއް އެހެން ކެޓަގަރީތައްވެސް އެބަހުރި އެގޮތަށް ކޮންމެ ރަށެއްގައި އުޅުނަސް ފްލެޓް ލިބޭގޮތަށް." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެންމެފަހުން ނެގި ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ހިޔާ ފްލެޓްގައި އުޅޭ 25 އިންސައްތަ މީހުންނަކީ މާލެއަށް ނިސްބަތްނުވާ މީހުންކަމަށެވެ. އަދި ހިޔާއިން 900 ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އިއްޔެ ނޫން އިހަށްދުވަހު އަޅުގަނޑު ބެލީ، ހިޔާ ފްލެޓް ގައި 25 ފްލެޓްގެ މީހުންނަކީ މާލެއަށް ނިސްބަތްނުވާ މީހުން. 900 ގޭބިސީ އެބަހުރި ބޮޑު އަގުގައި ކުއްޔަށް ދީފައި. ސެންސަންއިން ލިބުނު ޕްރިލިމިނަރީ މައުލޫމާތެއް. ބޮޑެތި މައްސަލަތަކެއް އެބަހުރި. އެތަނަށް ވަދެގެން ނުވާނެ މީހުން އެތަނަށް ވަދެފައި އެބަހުރި. މިކަންކަމާއި މެދު ފިޔަވަޅެއްވެސް އެޅޭނެ ގޮތެއް ނެތް. 40 އިންސައްތަ މީހުން ހަމައަށް ލާރިއެއްވެސް ނުދައްކާ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތައް ދިނުމުގައި ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތައް މިސަރުކާރުން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ މިފަދަ މަޝްރޫއުތައް މިއަށްވުރެ ފުރިހަމައަށް ހިންގާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު