ހުޅުމާލެ ދެވަނަ ފިޔަވަހިން އިއްޔެ ކަރަންޓު ކެނޑުނީ ގަވާއިދާއި ހިލާފަށް ބަޔަކު މަސައްކަތް ކުރަނިކޮށްކަމަށާއި، އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
25 ބުރީގެ 16 ޓަވަރު ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން އިއްޔެ ހެނދުނު 11:00 ހާއިރު ކަރަންޓު ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. އަލުން ކަރަންޓް ދެވުނީ ގާތްގަނޑަކަށް 4 ގަޑިއިރެއްހާއިރު ފަހުންނެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން މަގު ކޮނުމުގެ މަސައްކަތް ކުރަނިކޮށްކަމަށެވެ. އަދި މިއީ އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނަގަން ޖެހޭނެ މަސައްކަތަކަށް ވާއިރު މި މަސައްކަތް ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަ ނުނަގައި، ގަވައިދާ ހިލާފަށްކަން ވަނީ ފާހަގަ ކުރެވިފައިކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ މިކަމާއި ގުޅިގެން އެ ކޯޕަރޭޝަންގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުތަކުން ކުރަމުންދާއިރު އެ ސަރަހައްދަށް ކަރަންޓް ދީފައިވަނީ ވަގުތީ ކޭބަލެއް މެދުވެރިކޮށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުވެސް ވަނީ ހަތަރު ގަޑިއިރަށް ކަރަންޓު ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ވިދާޅުވެ، މިކަމުގައި އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު