ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ރައްދު ދެއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދުވަނީ، ސަރުކާރުގެ މި ބިލަށް މަޖިލީހުން ލިބުނު 55 ވޯޓަކީ މަދު އަދަދެއްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ވޯޓުނަގާ ނިމުނުފަހުން އެމަނިކުފާނު ވިދާޅުވީ، އެ ވޯޓު ފާސްވެއްޖެ ކަމަށާއި އެކަމުގައި ޝައްކެއް ނެތް ކަމަށެވެ.
ނަމަވެސް، ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތަކަށް ބޮޑު އަގުލަބިއްޔަތެއް ލިބެން ގާނޫނު އަސާސީ ލާޒިމްކުރާ ކަމަށެވެ. އެހެންކަމުން މި ބިލު ފާސްވި ހަނި އަގުލަބިއްޔަތު ސަރުކާރުން ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މަޖިލީހުގެ މެންބަރުން މި މައްސަލާގައި ދެއްކެވި ވާހަކަތަކަށްވެސް ރިޔާއަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެސްޓީ ތައާރަފު ކުރުމަށް 2011 ގައި ނެގި ވޯޓުގައި ފާސްކުރަން ވޯޓު ދިނީ 40 މެންބަރުން ކަމަށާއި ނުފެންނަކަމަށް 30 މެންބަރަކު ވޯޓު ދީފައިވާ ކަމަށެވެ.
އެހެންކަމުން އަގުލަބިއްޔަތުގެ ވާހަކަ ރައީސް ނަޝީދު ނުދެއްކެވުމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އޭރުވެސް މިހާރުވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ތަފާތީ ވެރިކަމުގައިހުރި މީހާކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ޓެކްސްއާއި ގުޅޭ ބިލް ފާސްކުރަން ވަކި އަގުލަބިއްޔަތެއް އޮންނަންޖެހޭނެކަމަށް ގާނޫނު އަސާސީގައި ނޯންނަ ކަމަށާއި އެހެންކަމުން ރިޔާސަތުގައި އިންނަވާ، ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދޮގު މައުލޫމާތު ނުދެއްވުމަށް ރޮޒޭނާ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައިވާއިރު އެކަމަށް ތާއީދުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ތެރެއިން ވޯޓު ދެއްވާފައިވަނީ ޙުސައިން މުޙައްމަދު ލަތީފް އެކަންޏެވެ. އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ޖަލްސާގައި ޙާޟިރުވެ އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ދެން މި މައްސަލާގައި ދެކޮޅަށް ވޯޓު ދެއްވީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަންގެ އެމްޑީޕީގެ މެންބަރުންނެވެ.
އެހެންކަމުން ބިލް ފާސްވެގެން ދިޔައީ ވޯޓުގައި ތިބި 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއިއެކުއެވެ.

R Nasheedge sarukaaruga GST thaaraf kuran majleehuga 29/08/2011 gai negunu vote ge natheeja:
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 16, 2022
Faaskuran vote dhinee 40
Nudhenee 30. Aglabiyyathuge vaahaka eh RN nudhakkava!
Miadhu faas kuran dhinee 55 nudhenee 26.
Eyruves miadhuves MDP sarukaaru. Thafaathee verikamuga huri meeha! pic.twitter.com/ACkkAE1r9b
އެހެންކަމުން އަގުލަބިއްޔަތުގެ ވާހަކަ ރައީސް ނަޝީދު ނުދެއްކެވުމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އޭރުވެސް މިހާރުވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ތަފާތީ ވެރިކަމުގައިހުރި މީހާކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ޓެކްސްއާއި ގުޅޭ ބިލް ފާސްކުރަން ވަކި އަގުލަބިއްޔަތެއް އޮންނަންޖެހޭނެކަމަށް ގާނޫނު އަސާސީގައި ނޯންނަ ކަމަށާއި އެހެންކަމުން ރިޔާސަތުގައި އިންނަވާ، ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދޮގު މައުލޫމާތު ނުދެއްވުމަށް ރޮޒޭނާ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައިވާއިރު އެކަމަށް ތާއީދުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ތެރެއިން ވޯޓު ދެއްވާފައިވަނީ ޙުސައިން މުޙައްމަދު ލަތީފް އެކަންޏެވެ. އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ޖަލްސާގައި ޙާޟިރުވެ އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ދެން މި މައްސަލާގައި ދެކޮޅަށް ވޯޓު ދެއްވީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަންގެ އެމްޑީޕީގެ މެންބަރުންނެވެ.
އެހެންކަމުން ބިލް ފާސްވެގެން ދިޔައީ ވޯޓުގައި ތިބި 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއިއެކުއެވެ.
ކިޔުންތެރިންގެ ހިޔާލު