ބްރެޒިލުން ރާއްޖެ އައި އެޤައުމުގެ ރައްޔިތެއްގެ އަތުން ޖުމްލަ 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ މަސްތުވާތަކެތި އަތުލައިގަތީ ބްރެޒިލުން ރާއްޖެ އައި 29 އަހަރުގެ އަންހެނެއްގެ ލަގެޖުންކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ބަލާ ފާސްކުރިއިރު ލަގެޖުން ވަނީ 4.4 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތި ޓެސްޓްކުރުމުން ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 ވަނަ ފަހަރުކަމަށްވެސް ކަސްޓަމުން މައުލޫމާތު ދެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު