ރާއްޖޭގެ ރަށްތައް އަވަސް އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ހިދުމަތް މާދަމާ ޅ. އަތޮޅުގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އާރްޓީއެލްގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އެ އަތޮޅުގައި ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާނީ އަހުލުވެރިކުރުމުގެ ޓެސްޓް ދަތުރުތަކަކަށް ފަހުއެވެ. އެގޮތުން ހަފްތާއެއްހާ ދުވަހު މިޓެސްޓް ދަތުރުތައް ކުރަން ހަމަޖެހިފައިވާއިރު އެ ދަތުރުތަކުގައި ދަތުރުވެރިން އަތުން އެއްވެސް އަގެއް ނުނަގާނެއެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ދަތުރުތައް ކުރިއަށް ގެންދާނީ ތިން ރޫޓަކުންނެވެ.

މި ފެރީތަކުގައި ދަތުރުކުރުމަށް ރިޒަވޭޝަން ހެއްދޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ. ކޮންމެ ރަށަކަށް ދިނުމަށް ހަމަޖެހިފައިވަނީ 8-12 ސީޓެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގެ އިތުރުން ށ. އަތޮޅުގައި ވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު