ހއ.ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ދިއްދޫގައި ރޯހައުސް އެޅުމަށް ހަވާލުކުރީ، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.
ދިއްދޫގައި ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120405400.00 (ސަތޭކަ ވިހި މިލިއަން، ހަތަރު ސަތޭކަ ފަސް ހާސް، ހަތަރު ސަތޭކަ) ރުފިޔާގެ މަޝްރޫޢެކެވެ.
ދިއްދޫގައި މިއަދު ވަނީ އެ ރަށުގައި އިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅާފައެވެ. މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ހއ.ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި. pic.twitter.com/I0P7GdpatR
— Min.of National Planning, Housing & Infrastructure (@MoNPHImv) November 16, 2022
ދިއްދޫގައި މިއަދު ވަނީ އެ ރަށުގައި އިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅާފައެވެ. މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު