ދިވެހިރާއްޖޭގެ ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ހިންގައިފިއެވެ.

ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް އެއްވެސް ކޯޓެއްގައި ހުސް އަންހެން ފަނޑިޔާރުން ތިބި ބެންޗަކުން މައްސަލައެއް ބައްލަވާފައެއް ނުވެއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ވަނީ ޝަރީއަތެއް ހިންގާފައިކަމަށެވެ. އަދި މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީކަމަށް ހައިކޯޓުން ބުނެއެވެ.



ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަންކުރަން ފެށީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އަދި ފަހުން ހައި ކޯޓަށްވެސް ވަނީ ފަނޑިޔާރުން އައްޔަންކޮށްފައެވެ.



ދަށު ކޯޓުތަކާއި ހައިކޯޓުގެ އިތުރުން، ރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް މިހާރު ވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން