އަންނަ މަހުގެ 16 ވަނަ ދުވަހަށް އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އެތަން ހުޅުވާނެކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އޮލިމްޕަހުގެ މަސައްކަތް ނިންމޭނެ ތާރީޚަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޢީ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ހުޅުވުން ލަސްވީ ސާމާނު ހޯދުމަށް ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އަންނަ މަހުގެ 16 ވަނަ ދުވަހު އެތަން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.

"މި މަޝްރޫއު ނިމިގެންދާއި ސަރައުންޑިންގ ސައުންޑް ސިސްޓަމްތަކާއި، ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވޭނެ ގޮތަށް ލައިޓްސްތައްވެސް ހުންނާނެ." މިނިސްޓަރ ޔުމްނާ މަޢުމޫން ވިދާޅުވިއެވެ.



އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އަދި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ.

އޮލިމްޕަސް ފުރަތަމަ ހުޅުވާފައިވަނީ 1959 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން