ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުން ކުރެއްވި އަޖައިބެއްފަދަ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖްތަމައުން ބަކްއިގަންނަކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ހާރިޖީ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައިކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ކަނޑާލާ، ރާއްޖެ އޮތީ ބިކަވެ، އެކަހެރިވެފައިކަމަށް ޝާހިދު ވިދާޅުވިއެވެ.

"މުޅިން އޮތީ އެކަހެރިވެފައި. 40 ވަރަކަށް ވޯޓް ލިބުނީ ސެކިއުރިޓީ ކައުންސިލް އިންތިހާބުން. ބައިނަލްއަގުވާމީ ދުނިޔެ ދައްކައިދިނީ އޭރުގެ ސަރުކާރަށް އިތުބާރެއް ނެތްކަން. އދގެ ޖަލްސާއަކަށް (އޭރުގެ ރައީސް) ވަޑައިނުގަންނަވާތާ 5 އަހަރު.. ގައުމުތަކާއި ސިޔާސީ ގުޅުން ކަނޑާލި.. ކޮމަންވެލްތުން ވަކިވި.. ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ދިޔައީ ބާރު ފޯރުވަމުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ 4 އަހަރުކުރިން ރާއްޖެއާމެދު ދުނިޔެ ދެކެމުން އައީ އެހެން ނަޒަރަކުންކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން ރައްޔިތުންގެ އިހުސާސް ދިޔައީ ބަލައިގަންނަމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކަން ޢެނގިގެން ދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިއްޒަތްތެރިން ވަޑައިގަތުމުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލީހު ސިޔާސަތަކަށް ހެއްދެވީ ދުނިޔޭގެ ހުރިހާ ގައުމަކާއި ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އަދި ހެޔޮ ވެރިކަމެއްގެ ސިފަތަކާއެކު ކަނޑައެޅުއްވި ސިޔާސަތުތަކާއެކު ކުރެއްވި އަޖައިބެއްފަދަ މަސައްކަތްތައް ދުނިޔެ ގަބޫލުކޮށްފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"މިދޔަ 4 އަހަރު ދުވަހުގެ ތެރޭގައި ތަފާތެއް ނެތި އެ ސިޔާސާތު ތަންފީޒު ކުރަމުންދިޔައީ. އިންސާނީ ހައްގުތައް ކުރިއެރުވުމަށް، ކްލައިމެޓް ޑިޕްލޮމަސީ، ދައުލަތްތައް ހިނގާ ގޮތަށް ގާނޫނީ އިމުގެ ތެރޭގައި ދައުލަތް ހިންގީ. މިހިރަ ކަންކަމުގެ މައްޗަށް ދައުލަތް ބިނާކުރައްވައިގެން ދައުލަތްތައް ހިނގާ ގޮތަށް ގާނޫނީ އިމުގެ ތެރެއިން ދައުލަތް ހިންގީ. މިހިރަ ކަންކަމުގެ މައްޗަށް ބިނާކޮށްގެން އެ ކުރެއްވި އަޖައިބެއްފަދަ މަސައްކަތްތައް ދުނިޔެ ގަބޫލުކޮށްފި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވާހަކަފުޅުގައި މީގެ 4 އަހަރުކުރިން ބިކަވެ، ބާކީވެފައި އޮތް ރާއްޖެއިން މިދިޔަ އަހަރު އދގެ މަޖިލީހުގެ އެންމެ އުހުގައި ރާއްޖޭގެ ދިދަަ ފަހުރުވެރިކަމާއެކު ވިހުރުވާލާފައިވާކަން ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން