ގައުމުގެ ތަރައްގީގެ މަޝްވަރާއަށް 4 އަހަރުތެރޭގައި ވަޒީރުންގެ މަޖިލީހުގެ 76 ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

17 ނޮވެމްބަރު 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަަތަށް މިމަހުގެ 17 ވަނަ ދުުވަހު 4 އަހަރު ފުރިގެންދާނެއެވެ.

ރައީސް ސާލީހުގެ ވެރިކަމަށް 4 އަހަރު ފުރިގެންދާއިރު އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގިއާއި ކުރިއެރުން ގެނެސްދިނުމަށް ގިނަ މަސައްކަތްކެއް ކުރައްވާފައެވެ. ގައުމުގެ ތަރައްގީއާ ގުޅޭގޮތުން ކުރެވޭ މުހިއްމު މަޝްވަރާތަކާއި ނިންމާ މުހިއްމު ނިންމުންތައް އަންނަނީ ވަޒީރުންގެ މަޖިލީހާއި ހިސާބުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒައާމަަތަށް 4 އަހަރު ފުރިގެންދާއިރު އެމަނިކުފާނު ވަނީ 4 އަހަރުތެރޭގައި ވަޒީރުންގެ މަޖިލީހުގެ 76 ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާފައިކަމަށެވެ. މީގެއިތުރުން ގައުމުގެ ތަރައްގީއާ ގުޅޭގޮތުން މުހިއްމު ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގޮތް ނިންމެވުމަށް ބޭއްވި 65 ވޯކިންގ ސެޝަނެއްގައިވެސް ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.



ކެބިނެޓް ބައްދަލުވުމާއި ވޯކިންގ ސެޝަންތަކުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ރައީސުލްޖުމްހުރިއްޔާގެ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ކުރައްވައެވެ. އޭގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާތައް ބޭއްވުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން