2023 ގައި ރާއްޖޭގެ ވެރިކަމުގެ ދެވަނަ ދައުރެއް ދޭނީ، ވީލްބަރޯގައި ކުރިން އުފުލި ބަލިމީހާ، ޒަމާނީ އެމްބިއުލާންސްގައި އުފުލޭނެގޮތް ހައްދަވައިދެއްވި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، މިތިބީކީ ދިވެހި ރައްޔިތުން މާކަނޑަށް ނެރެ ކަނޑުވާން ދޫކޮށްލަން ތައްޔާރަށް ނޫންކަމަށެވެ. އަދި އެކަމަށް އޯކޭ ނޫންކަމަށާއި މިތިބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު، ދިވެހި ރައްޔިތުން އަމާން އައްސޭރިއަކަށް ގެންދިޔުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަގީގަތަކީ ތިން ރައީސުންވެސް ތިއްބެވީ ވެރިކަމަށް ފޫގަޅައިގެން ކަމުގައި ޝިފާއު ވިދާޅުވިއެވެ. ނަމަވެސް، އަދުގެ ރައީސަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ވީލްބަރޯގައި ބަލިމީހުން އުފުލި އުފުލުން ނިމުމަކަށް ގެނެސް ޒަމާނީ އެމްބިއުލާންސްގައި ބަލިމީހުން އުފުލޭނެގޮތް ހައްދަވައިދެއްވި ރައީސް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ތިބީ ފޫގަޅައިގެން ކަމަށެވެ.

ޝިފާއު ވިދާޅުވީ، މިއަދުގެ ސަރުކާރުން ރައީސް ޞާލިޙްގެ ހިކުމަތްތެރިކަމާއެކު ދުނިޔޭގެ އެހެން މީހުން ތަހައްމަލު ކުރަންޖެހުނު ކޮވިޑުގެ ދަތިކަން ދިވެހި ރައްޔިތުންނަށް ތަހައްމަލު ކުރަން ނުޖެހުނު ކަމަށެވެ. އަދި މި ސަރުކާރުން ކޮވިޑު ތެރޭގައި ރައްޔިތުންނާމެދު ކަންކުރީ އެއަށްވުރެ މާ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

"ދައުލަތަށް އާމްދަނީ ހޯދައިގެން، ފައިސާ ހޯދައިގެން ކުދި ވިޔަފާރިތައް ހާލުގައި ޖެހުނަ ނުދީ ހިފަހައްޓައިފި. ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓުދީ އާމްދަނީ ދީފި، އެސްއެމްއީތައް ދިރިހުރި ވިޔަފާރިތަކެއްގެ ގޮތުގައި ބައިތިއްބައިފި. މިކަންކަން މި ކުރީ ބޮޑެތި ގުރުބާނީތަކަކާއެކު." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ފޯރުކޮށްދެވޭނީ ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން