ރައްޔިތުން ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ރިޔާސަތު ދިނުމަށް ތައްޔާރަށް ނޫން ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙްމަދު (އިއްސެ)، މިއަދު ވިދާޅުވެއްޖެއެވެ.

އިއްސެ މިހެން ވިދާޅުވީ ޗާގޮސްއާއި އައްޑޫއިން ފަށައިގެން އޮންނަ އިމުގެ ތެރެއިން ފުށުއަރާ ސަރަހައްދު ބައިކުރުމުގައި ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން މަސައްކަތްކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙްމަދު (އިއްސެ)، ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި އޮތް މައްސަލައަކީ ޗާގޮސް މައްސަލައެއް ނުވަތަ އެހެންވެސް މައްސަލައެއް ނޫން ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލައަކީ ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިނުގަތުމުގެ މައްސަލައެއް ކަމަށް އިއްސެ ވިދާޅުވިއެވެ. އިއްސެ ވިދާޅުވީ ރައްޔިތުން ތިބީ ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ދޭ ގޮތަށް ނޫން ކަމަށެވެ.

"މަނިކުފާނަށް ދިވެހިރާއްޖޭގެ ރިޔާސަތު ދޭކަން ރައްޔިތުން ތިބީ ތައްޔާރަކަށް ނޫން، މަނިކުފާނުގެ ބާރު ހިނގާ ގޮތަކަށްވެސް ރާއްޖޭގެ ރިޔާސަތު ދޭކަށް ދިވެހިން ތިބީ ތައްޔާރަކަށް ނޫން،" ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ ޗާގޮސް މައްސަލާގައި ހަގީގަތާ ޚިލާފަށް ވާހަކަދައްކަވަނީ އެކި ދުވަސްވަރު އެ މައްސަލާގައި އުޅުއްވި ކަމުގެ މައުލޫމާތު އެނގި ތިއްބެވި ބޭފުޅުން ކަމަށެވެ. އިއްސެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އެދޭ ގޮތަށް ހުރިހާކަމެއް ނުކުރެއްވޭނެ ކަމަށެވެ.

އިއްސެ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި މަލިކަކީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ފާހަގަކުރެއްވުމަށްފަހު މިހާރު މަލިކުގެ ވާހަކަނުދައްކަވާ ކަމަށެވެ. އެހެން މީހުން މަލިކުގެ ވާހަކަދެއްކުންވެސް އެމަނިކުފާނު މަނާކުރައްވާ ކަމަށް އިއްސެ ވިދާޅުވިއެވެ. އަދި އެގޮތަށް ނަޝީދު އަމަލުކުރައްވާ ސަބަބާއި އެމަނިކުފާނަށް ޖެހިފައި ހުރި ހާލަކީ ދިވެހިންނަށް މިހާރު ސާފު ކަމެއް ކަމަށް އިއްސެ ވިދާޅުވިއެވެ.

"ލަދެއް ހަޔާތެއް ނެތަތީވެ ހިތަށް އެރިހާ ގޮތަކަށް ވާހަކަދެއްކިދާނެ. ތިހަދަން އުޅޭ އެއްވެސް ގޮަތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ، ކުޅެން ޖެހޭ ޑްރާމާ ކުޅެން ޖާގައެއް ނެތް." އިއްސެ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


13

މޫސާހަލީލު ކެތި

18-Nov-2022

ދުވާ ފަރު ދާއިރާގެ ރައްޔިތުން ބުނީ ކަލޭ ތީ ދާއިރާގެ ރައްޔިތަކައް ކަމެއް ކޮއް ދޭ މީހެއް ނޫން ކަމައް ނަޝީދު މާރަގަޅު ކަމައް



ޓްރެންޑިން