ރާއްޖޭގެ ސަރަހައްދުން އެންމެ ތަންކޮޅެއް ދޫކޮށްލަންވެސް ސަރުކާރުން އެއްބަސްވެފައި ނެތްކަމަށް ބުނެ ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗާގޯސްއާއި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޗާގޯސް މައްސަަލައިގައި ދިވެހި ސަރުކާރުން ވަނީ މޮރިޝަސްއާއެކު މީގެކުރިންވެސް މަޝްވަރާކޮށްފައިކަމަށެވެ.

އަސްލަމް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށްދާއިރު ބައިނަލްއަޤްވާމީ ޓްރައިބިއުނަލެއްގައި އެ މައްސަލަ ހިނގަމުންދާކަމަށެވެ.

"އެކަމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުން އެންމެ ތަންކޮޅެއްވެސް ދޫކޮށްލާކަށް އަދި މިވީ ހިސާބަށް ދިވެހި ސަރުކާރުން އެއްބަސްވެފައެއްވެސް ނެތް. އެއްބަސްނުވެސްވާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދުނިޔޭގެ ކަންކަން ހިނގަނީ ބައިނަލްއަޤްވާމީ އުސޫލުންކަމަށާއި، ދިވެހިން ބޭނުންވާހާ ގޮތަކަށް ކަންކަން ނުނިންމޭނެކަމަށެވެ. އަދި ވަކި ތަނަކީ ރާއްޖޭގެ ތަނެއްކަމަށް ނިންމިޔަސް، ދުނިޔެއިން އެފަދަ ކަންކަން ބަލައިނުގަންނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދުނިޔެއިން ޤަބޫލުކުރާނީ ބައިނަލްއަޤްވާމީ ގޮތުން ނިންމާ ނިންމުންތައްކަމަށެވެ. އަދި އިނގިރޭސިވިލާތުން މޮރިސަސްއާއެކު މިހާރު މަޝްވަރާތައް ފަށާފައި މިވަނީވެސް އެ އުސޫލުގެ ދަށުންކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން