ގޭންގުތަކާއި ކުރިމަތިލާ، އެ ފަރާތްތައް ގާނޫނަށް ބޯލަނބުވާނެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާތަން އަންނަ އަހަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ގޭންގުތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަން އަންނަ އަހަރު އިތުރަށް ފުޅާކުރަން ނިންމައިފައިވާ ކަމަށާއި އެ އޮޕަރޭޝަން އިތުރަށް ހަރުދަނާކޮށް ހިންގާނެ ކަމަށެެވެ.
އެގޮތުން ގޭންގުތަކާއި ކުރިމަތިލާ، އެ ފަރާތްތައް ގާނޫނަށް ބޯލަނބުވާނެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާތަން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ފެންނާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. އަދި ގޭންގްތަކާއި ދެކޮޅަށް މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ސަބަބުން ރައްޔިތުންނަށް އޮތް ބިރުވެރިކަން ކުޑަކުރެވިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ މިއަންނަ އަހަރު ފެށުމާއެކުގައި އެ އޮޕަރޭޝަންގެ މުޅި މޮޑިއުލް ބަދަލުކޮށް އިތުރަށް މަސައްކަތްތަކެއް ކުރެވިގެންދާނެ، މި ފަރާތްތަކާއި ކުރިމަތިލެވޭނެ، އެފަރާތްތައް ގާނޫނަށް ބޯ ލެބުވޭނެ ފަދަ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވެ އުޅޭތަން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ފެންނާނެ،" ހަމީދު ވިދާޅުވިއެވެ.
ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ގޭންގްތަކަށް ނިސްބަތްވާ 2،800 މީހުން ރާއްޖޭގައި އެބަތިއްބެެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ވެސް ހިމެނެ އެވެ.
ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާ އެންމެ ބޮޑީ ވެރިރަށް މާލެއާއި ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު