މުޖުތަމައަށް ނުރައްކާތެރި ކުށްވެރިން ބަންދު ކުރުމަށްޓަކައި ހައި ސެކިއުރިޓީ ޖަލެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ އަމާން މުޖްތަމައެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ސަލަމާތީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ހައި ސެކިއުރިޓީ ޖަލެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައިކަމަށެވެ. އަދި މިޖަލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޖަލުތަކުގެ ޑިޒައިންތަކާއި، އެއްގޮތަށް ބަލައި ޢިމާރާތްކުރާ ޖަލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމް ކުރެވޭނެކަމަށް. އެއީ އަޅުގަނޑުމެން މުޅި މައްސަލައާއި ޑީލްކުރާއިރުގައި ވަރަށް މުހިންމު ޕޮއިންޓަކަށް ދެވޭނެ ހިސާބެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގޭ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށް ހުކުމް ކުރެވޭ މީހުން ބަންދު ކުރުމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުގެ ޖާގައިގައިގެ ދަތިކަމުގެ މައްސަލަކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. އަދި އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުންނާއި އެނޫން ކުށްތަކުގައި ބަންދު ކުރެވޭ މީހުންވެސް އެއްތަނެއްގައި ބައިތިއްބަން ޖެހުމަކީވެސް އޮތް ގޮންޖެހުމެއްކަމަށް ސަރުކާރުން ބުނެއެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުގެ ޖާގަ އިތުރު ކުރުމަށްޓަކައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރި މަސައްކަތުން މިހާތަނަށް 250 ޖާގަ ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު