ތިލަމާލެ ބްރިޖްއަޅާ އިންޑިޔާގެ އެފްކޮން ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ތިލަމާލެ ބްރިޖްއަޅާ އިންޑިޔާގެ އެފްކޮން ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާ އެފްކޯން ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމް ވިލިގިލީ ފަރަށް އަރައި ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ.

ޕްލެޓް ފޯމް ފަރަށް އެރި މި ހާދިސާ އާއި ގުޅިގެން އީޕީއޭއިން އަދި އެފްކޯނުންވެސް ފަރަށް ލިބުނު ގެއްލުންތައް ވަނީ ދިރާސާ ކޮށްފައެވެ.

މި މައްސަލައިގައި އީޕީއޭއިން ނިންމި ނިންމުން އަދި ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު