ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އަލަށް އެތެރެކުރަން އުޅުނު މަސްތުވާއެއްޗެއް ރާއްޖޭގެ ކަސްޓަމުން އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ބަހްރެއިނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމުން ބުނެއެވެ.



ކަސްޓަމުން ބުނީ ބަލާ ފާސްކުރި ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ. އަދި މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަަމަ ފަހަރުކަމަށްވެސް ކަސްޓަމުން ބުނެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރިކަމަށާއި މިތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިކަމަށް ކަސްޓަމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން