މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ސަރުކާރުން ޤާއިމްކުރި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ޚިދުމަތް ދޭން ފަށައިފިއެވެ.

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ހުޅުވީ މިދިޔަ އާދީއްތަދުވަހުއެވެ.

ނެޝަނަލް ޑްރަގް އެޖެންސީން ބުނީ ހުޅުމާލޭގައި ހުޅުވި އަންހެނުންނަށް ޚާއްސަ ފަރުވާދޭ މަރުކަޒުގައި ޚިދުމަތް ދޭން މިހާރު ފަށާފައިވާކަމަށެވެ. އަދި އަލަށް ފެށި މިމަރުކަޒުގައި ކުރިއަށް ގެންދަނީ ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކަށް ބިނާކޮށް, ފަންނީ މާހިރުންގެ އެހީގައި ފަރުމާކުރެވި, އެކުލަވާލާފައިވާ ފަރުވާގެ ޕްރޮގްރާމްތަކެއްކަމަށް އެ އެޖެންސީން ބުނެއެވެ،



އަލަށް ގާއިމްކުރި ހާފްވޭ ހައުސްގައި 58 ފިރިހެނުންނަށް އަދި 20 އަންހެނުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފިރިހެން ކްލައިންޓުންގެ ޖާގާ 86 އަށް އިތުރު ކުރެވޭނެކަމަށް އެންޑީއޭއިން ބުނެއެވެ. މިހާރު އެ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާއިރު ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ހުޅުމާލެ ސެންޓަރަށް ވަނީ 6 އަންހެނުން ބަދަލުކޮށްފައެވެ.

އެންޑީއޭއިން ބުނީ މި މަސް ނިމޭއިރު ގާތްގަނޑަކަށް 10 އަންހެނުންނަށާއި 15 ފިރިހެނުން ހާފްވޭހައުސްގެ ޕްރޮގްރާމުގައި ތިބޭނެކަމަށް ބެލެވޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން