މިދިޔަމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.

ހުސްވި އޮކްޓޫބަރުމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޫރެވެ. އިންޑިއާއިން 681 މިލިޔަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިތުރުކޮށްފައެވެ. އޮމާނުން 513 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 510 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާއިން 462 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީން 490 މިލިއަން ރުފިޔާގެ މުދާ މިިދިޔަ މަހު އެތެރެކޮށްފައިވެއެވެ.



މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 219 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 186 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 15 އިންސައްތަ ދަށްވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ތައިލޭންޑް، ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް ހިމެނެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ރާއްޖެއަށް 294 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޫބަރުމަހު މި ޢަދަދު ވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން