އެންމެ މުހިއްމީ ރާއްޖެ އަމާންކަންމަތީ ބޭއްވުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަލާމަތީ ބާރުތަކުން ޓެރަރިޒަމާއި ދެކޮޅަށް ދާދިފަހުން ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މިހާރު ފުލުހުންނާއި ސިފައިން ޓެރަރިޒަމާއި ދެކޮޅަށް ހިންގާ މަސައްކަތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެ އަމާންކަންމަތީ ބޭއްވުމަށްވުރެ ވަކި މުހިއްމު ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.



ޓެރަރިޒަމާއި ދެކޮޅަށް މާލެ އާއި އައްޑޫގެ އިތުރުން ކ.ގުރައިދޫގައި މިފަހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ އައިއެސް ޖަމާއަތަށް ތާޢީދުކުރާ އެފަރާތްތަކުން ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ. މި ހަމަލާ ދޭން އުޅުނު ތަނެއް ފުލުހުން ނުބުނެއެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން