ވޯލްޑް ކަޕް ބެލުމަށް، ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ޔޫތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ކަޕާ ދިމާކޮށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުތައް ހޯދަން ބޭނުންވާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޖަމްއިއްޔާގެ ރަސްމީ ލެޓާ ހެޑާއި ސްޓޭމްޕް ޖަހާފައިވާ ސިޓީއެއް މިނިސްޓްރީއަށް މެއިލް ކުރުމަށް ޔޫތް މިނިސްޓްރީ އިން ވަނީ އެދިފައެވެެ.



ޔޫތު މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާ އަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ. މި މުބާރާތުގެ މިފަހަރު 32 ޓީމު ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު