ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މުޅި ރާއްޖެ ބަދަލުކޮށްލައިފިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެެއެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ ރައީސް ސޯލިހް މުޅިި ރާއްޖެ ބަދަލުކޮށްލައްވައިފި ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު މުހިންމު އިންވެސްޓްމަންޓްތަކެއް ކުރަށްވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ އެހެން ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ ހިލޭ ޑިގްރީ ޕްރޮގުރާމަށް އިޝާރަތްކުރަށްވަމުންނެެވެ.
މީގެ އިތުރުން ވިހެއުމާއި ގުޅިގެން ދޭ 6 މަސް ދުވަހުގެ ޗުއްޓީ އާއި ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ އާއިލީ ގުޅުން ބަދަހިކޮށް ހެއުލަފާ ޖީލެއް ބިނާކުރަން ބޭނުންވާ ފަސޭހަތައް ރައީސް ކޮށްދެއްވާފައިވާ ކަމަށެވެ.
"އަމާން އުފާވެރި މުޖުތަމައަކަށް ލޯބިކުރާނަމަ ރައްޔިތުން އިބޫ އަށް (ރައީސް ސާލިޙަށް) ދެވަނަ ދައުރެެއް ދޭނެ،" އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސާލިޙުގެ ސަރުކާރަށް ހަތަރު އަަހަރުވެފައިވާއިރު ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އެމަނިކުފާނު ވަނީ އިއުލާންކުރަށްވާފައެވެ. ރައީސް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރުމުން ސަރުކާރާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ތާއިދު އޮތްކަން މިހާރު ވެސް ހާމަކޮށްފައެވެ.

Rayyithunnah ufaaverikan genesdhey, aailee gulhun badhahikoh heyolafaa jeeleh binaakuran beynunvaa mikahala ethah faseyhathakeh Raees @ibusolih vanee kohdhevvaafa! Mee #Heyoverikan
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 14, 2022
Amaan ufaaveri mujthamau akah loabi kuraa rayyithun Raees Ibu ah dhevana dhaureh dheyne #Ibu23 pic.twitter.com/rY64y3iuzG
މީގެ އިތުރުން ވިހެއުމާއި ގުޅިގެން ދޭ 6 މަސް ދުވަހުގެ ޗުއްޓީ އާއި ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ އާއިލީ ގުޅުން ބަދަހިކޮށް ހެއުލަފާ ޖީލެއް ބިނާކުރަން ބޭނުންވާ ފަސޭހަތައް ރައީސް ކޮށްދެއްވާފައިވާ ކަމަށެވެ.
"އަމާން އުފާވެރި މުޖުތަމައަކަށް ލޯބިކުރާނަމަ ރައްޔިތުން އިބޫ އަށް (ރައީސް ސާލިޙަށް) ދެވަނަ ދައުރެެއް ދޭނެ،" އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސާލިޙުގެ ސަރުކާރަށް ހަތަރު އަަހަރުވެފައިވާއިރު ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އެމަނިކުފާނު ވަނީ އިއުލާންކުރަށްވާފައެވެ. ރައީސް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރުމުން ސަރުކާރާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ތާއިދު އޮތްކަން މިހާރު ވެސް ހާމަކޮށްފައެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު