އަންހެނަކަށް ވީތީ، ފިރިހެނުންނަށް ނުކުރާވަރަށް ފުރައްސާރަ ކުރަމުން ދާކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުން މި ދުވަސްވަރު އަނެއްކާވެސް އިތުރުވެފައިވަނިކޮށް، މަޖިލީހުގެ މަސައްކަތް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވާ ގޮތާއި ގުޅޭގޮތުން ރޮޒޭނާ ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވުމާއި ގުޅިގެން އޭނާއަށް އަމާޒުވާ ފުރައްސާރަތައް މި ދުވަސްވަރުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
އެއާއިއެކު މަޖިލީހުގެ ތެރޭގައާއި ހާއްސަކޮށް މީސްމީޑިއާގައި ރޮޒޭނާއަށް ފުރައްސާރަކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން، ގެއިން ނުކުންނަން ނުކެރޭވަރަށް ރޮޒޭނާ ރޭރުކޮށް، "ތަނަށް ގުޑާނުލެވޭ" ވަރަށް 40 ފިރިހެނުން ފޮނުވައިގެންވެސް އެކަންކުރަންޖެހޭކަމަށް ކޮންމެވެސް އަންހެނަކު ވާހަކަ ދައްކާ އޯޑިއޯއަކާއިއެކު ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، އަންހެނުން އެހެން އަންހެނުންނަށް އެގޮތަށް ފުރައްސާރަކޮށް އަނިޔާވެރި ވުމަށް ގޮވާލާކަން އެއީ ހިތާމަހުރި ކަމެއްކަމަށެވެ.
އަދި އެމްޑީޕީގެ ފިރިހެނުން ވެސް ރައީސް ނަޝީދަށް ފާޑުކިޔާ ކަމަށާއި އެހެންނަމަވެސް، ރޮޒޭނާއަކީ އަންހެނަކަށް ވީތީ ފިރިހެނަކަށް ނުކުރާވަރު ރޮޒޭނާއަށް އެބަ ކޮށްލާކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސާޅީސް ފިރިހެނުން ފޮނުވިޔަސް ފަހަތަށް ނުޖެއްސޭނެކަމަށް ރޮޒޭނާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތަށް ދެމުންނެވެ. އެގޮތުން ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނުން މިހާރު ވަނީ ރޮޒޭނާއާއި ދެކޮޅަށް މީސް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

Anhenun ehen anhenunnah migothah furassaarakoh aniyaaveri vumah govaalaakan mee hithaama hurikameh.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 14, 2022
Mi partyge firihenun ves RN ah faadukiyaa. Ekamu anhenakah alhugandu veethee emeehunnah nukura furassaara alhugandah mikuranee. 40 firihenun fonuviyas NUJESSEYNE fahathakah! pic.twitter.com/u8elQjlscF
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތަށް ދެމުންނެވެ. އެގޮތުން ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނުން މިހާރު ވަނީ ރޮޒޭނާއާއި ދެކޮޅަށް މީސް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު