މ. ނިރުފެހިގޭގައި މިދިޔަ ބުދަދުވަހުގެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ބިދޭސީންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު އެ މީހުން ނިސްބަތްވާ ގައުމަށް ފޮނުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، އައްޑޫގައި ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ ހަމަލާއާއި އަދި އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހާދިސާގައި މަރުވި މީހުންގެ ހަށިތައް މުޅިން އަނދާފައި ވުމުން އެ މީހުންގެ ޖިންސު ވަކިކުރަން ދަތިވެގެން އުޅޭކަމަށް ފުލުހުން މީގެ ކުރިން އޮތީ ބުނެފައެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ މީހުންގެ ހަށިތައް ގައުމަށް ގެންދަން ބޭނުންވެގެން އާއިލާއިން އެކަމަށް އެދިއްޖެނަމަ އެކަން ކޮށްދެވޭނެކަމަށް އާއިލާތަކަށް އަންގާފައިވާނޭ ކަމަށެވެ. އެގޮތުން، މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ ތިން މީހެއްގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ދެން ހުރި ހަށިތައްވެސް އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، އެ ހާދިސާ ހިނގި ގެ ހަދާފައިވަނީ ދެ ލަކުޑި ޑެގު އަޅައިގެން ދެ ފަންގިފިލާއަކަށް ކަމަށް އެނގިފައިވާކަމަށެވެ. އަދި ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގެ ތިރީގައި ހުންނަ ގަރާޖުގައި ބާރުއެއްޗެއް ގޮވުމަށްފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ މިހާތަނަށް މިފަހުން ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު