ވޯލްޑްކަޕަށް ޚާއްސަކޮށްގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ބޮކްސް ލައިޓް ޕްރޮޖެކްޓަރ ގެނެސްފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވަނީ މި ބްރޭންޑްގެ ހަތަރު މޮޑެލެއްގެ ޕްރޮޖެކްޓަރ އަގުތަކާއެކު ހާމަކޮށްފައިވެއެވެ.

ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ މުބާރާތްތަކާ ދިމާކޮށް ޑިމާންޑް ބޮޑުވާ އެކައްޗަކީ މަލްޓިމީޑިއާ ޕްރޮޖެކްޓަރެވެ.





އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގެނެސްފައިވާ ހުރިހާ ޕްރޮޖެކްޓަރެއްވެސް ވިއްކަނީ އަށާވީސް ހާސް ރުފިޔާއަށްވުރެ އަގު ހެކޮށެވެ.

އެސްޓީއޯއިން ބުނީ ކޮލިޓީ ރަނގަޅު މި ޕްރޮޖެކްޓަރތައް އަގު ހެޔޮވެފައިވަނީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންގެ ދަށުން ކަމަށެވެ.

"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަނަކީ އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ 5 އޮކްޓޯބަރ އިން ފެށިގެން 30 ނޮވެމްބަރ 2022ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން