އިންޑިއާ ޓީޗަރަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އުތުރުގެ ރަަށެއްގައި ކުޑަ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

އެގޮތުން ހއ، ހދ، ށ ގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 9:43 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އަދި މިމައްސަލައާއި ގުޅިގެން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަމުން ކުއްޖާގެ މައުލޫމާތާއި އަތޮޅާއި ރަށް ހާމަކުރެވެން ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން