އިދިކޮޅު ލީޑަރ ރައީސް ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޔާމީނަށް އައްޑޫ އެއާޕޯޓުން ގިނަޢަދަދެއްގެ ބަޔަކުވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ 2018ގެ ފަހުން ރައީސްޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރަށްވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އޭގެއިތުރުން ރަށްރަށުގެ ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ފަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން