ށ. އަތޮޅު ފުނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން މި ޙާދިސާގައި ދޯނީގެ ގެގަނޑު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ދޯނީގައި ހިފި އަލިފާން ނިވާލުމުގައި އެރަށުގެ ޢާއްމުން ވަނީ ޙަރާކާތްތެރިވެފައެވެ.

މިއަދު މެންދުރެއްހާއިރު އެދޯނީގައި ހިފި އަލިފާން މިހާރު ނިވާލާފައިވާއިރު އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އެ ޙާދިސާއަށް އެޓެންޑުވީ ފުލުހުން ކަމަށެވެ.



މިޙާދިސާއާއި ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ރަސްމީބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އާރުބިންޔޫޫސުފު.

06-Nov-2022

ހަލަބޮލި ޒަމާނެކެވެ.ދެރަކަމެއްވާއިރައް އެކަކު އަނެކެއްދެކެ ރުޅިއައިސް ޒުވާބުކޮއް އެއްޗެތި ކިޔުމަކީ މާހިތާމަ ބޮޑު ކަމެއް.ސިފައިންނާ ފުލުހުންނަކީ ރައްޔިތުން ހާއްސަ ކަމެއް ދީފަ ކަންކަން ދަސްކޮއްދީފަ ތިބޭބައެއް؛ އެމީހުންއަތުގައި ހުންނާނީވެސް ރައްޔިތުން ހޯދާދީފަ ހުރި ެއްޗެއް؛ ކުރިޔާ އަޅާބަލާއިރު މިހާރު ތަފާތު ގިނަ ރެސްކިޔު ކޯސްތައް ހިންގާ މީހުންގެ ހޭލުންތެރިކަމާ ކުޅަދާނަ ކަން ލިބިފަ ވުމާ އެކު ބަޔަކު ތަނަކުން ސާމާނު ހިފައިގެން އައުމުގެކުރިން ޤާބިލު މީހުން ފަޅުމަތީ ދޯނިފަހަރުގެ ޕަންޕު އަދި ލިބެންހުރި އެއްޗަކުން ނިންވާލުމަކީ އެއްމެފައިދާބޮޑު މޮޅުގޮތް. ނަމަވެސް ބައެއްކަންކަން ކުރެވޭނީ ޚާއްޞަ މީހުނައް އެފަދަ ސާމާނުން.


-1

މުހައްމަދު

04-Nov-2022

މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ފިޔަވަޅެއް އެޅިފަ ނެތްކަން ފާހަގަ ކޮއްލެވޭ.ވީޑިއޯ އިން ފެންނަ މަންޒަރުތަކުން ފެންނަނީ މިފަދަ ހާދިސާތަކަށް ފުލުހުން އެޓެންޑް ވާއިރު ވަސީލަތެއް ނެތި ދާކަން.


4

ހާލު

04-Nov-2022

ސަރުކާރަށް ރައްޔިތުން މުހިއްމު ނުވަނީބާ



ޓްރެންޑިން